ތަރައްޤީގެ މަޝްރޫޢުތައް

މި ސަފްހާ ތައްޔާރު ކުރެވެމުން ދަނީ...

އިތުރަށް ވިދާޅުވޭ....

ނޭކުރެންދޫއާއި ބެހޭ ތަޢާރަފެއް:

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއަކީ ހދ.އަތޮޅުގެ ދެކުނުބިތުގައި އޮންނަ ރަށެކެވެ.ޖިއޮގްރަފީގެ ގޮތުން ނޭކުރެންދޫ އޮންނަނީ ލޮންޖިޓިއުޑުން 72 Deg 59 Min 0 Sec Eގައެވެ.އަދި ލެޓި ޓިއުޑުން 6 Deg 33 Min 0 Sec Nގައެވެ. މިރަށާއި އެންމެ ކައިރިން މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ މިއަތޮޅު ވައިކަރަދޫއެވެ. ނޭކުރެންދޫއާއި ވައިކަރަދޫއާއި ދެމެދުގައި ހުންނަ ދުރުމިނަކީ ގާތްގަނޑަކަށް 2 ނޯޓިކަލް މޭލް ނުވަތަ 3.7 ކިލޯމީޓަރެވެ. ހދ.އަތޮޅުގެ ވެރިކަންކުރާ ރަށް ކުޅުދުއްފުއްޓާ ނޭކުރެންދޫއާއި ދޭތެރޭ ހުންނަ ދުރުމިނަކީ ގާތްގަނޑަކަށް 6.4 ނޯޓިކަލް މޭލް ނުވަތަ 11.9 ކިލޯމީޓަރެވެ. ނޭކުރެންދޫއިން ކުޅުދުއްފުއްޓަށް ސީޕްލޭންގައި ދެވެނީ ގާތް ގަނޑަކަށް 3 މިނެޓުންނެވެ. އަދި ސްޕީޑް ލޯންޗުގައި ނަގާނެ ވަގުތަކީ ގާތްގަނޑަކަށް 16 މިނެޓެވެ. މީގެ އިތުރުން އާދައިގެ އިންޖީނު ދޯނި ފަހަރުގައިނޭކުރެންދޫން ކުޅުދުއްފުއްޓަށް ދަތުރެއް ކުރުމަށް ގާތްގަނޑަކަށް ނަގާނެ ވަޤުތަކީ43 މިނެޓެވެ. މިއަތޮޅުގައި ވައިގެ ބަނދަރު އޮންނަ ރަށްކަމުގައިވާ ހދ.ހަނިމާދޫއާއި ނޭކުރެންދޫއާއި ދޭތެރޭ ހުންނަ ދުރުމިނަކީ ގާތްގަނޑަކަށް 16.2ނޯޓިކަލް މޭލް ނުވަތަ 30ކިލޯމީޓަރެވެ. ނޭކުރެންދޫއިން ހަނިމާދުއަށް ސީޕްލޭންގައި ދެވެނީ ގާތް ގަނޑަކަށް 8 މިނެޓުންނެވެ. އަދި ސްޕީޑް ލޯންޗުގައި ނަގާނެ ވަގުތަކީ ގާތްގަނޑަކަށް 39 މިނެޓެވެ. މީގެ އިތުރުން އާދައިގެ އިންޖީނު ދޯނި ފަހަރުގައިނޭކުރެންދޫން ހަނިމާދުއަށް ދަތުރެއް ކުރުމަށް ގާތްގަނޑަކަށް ނަގާނެ ވަޤުތަކީ 1ގަޑި48 މިނެޓެވެ. ނޭކުރެންދޫއާއި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި ދޭތެރޭ ހުންނަނީ ގާތްގަނޑަކަށް 145.5ނޯޓިކަލްމޭލު ނުވަތަ269.5 ކިލޯމީޓަރެވެ. ޖިއޮގްރަފީގެ ގޮތުން މިރަށަށް ދީފައިވާ އަކުރަކީ B-14އެވެ.

ނޭކުރެންދޫގެ ބޮޑުމިނަކީ 62 ހެކްޓަރއެވެ. 11ޖުލައި 2010ގެ ނިޔަލަށް ނޭކުރެންދޫގެ އާބާދީއަކީ 1321މީހުންނެވެ. ނޭކުރެންދޫއަކީ ވަރަށް އެކުވެރި ،ތަޢުލީމަށާއި،ތަރައްޤީއަށް ލޯބިކުރާ ހިތްހެޔޮ މިޒާޖެއްގެ ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ތަކުގެ ތެރޭގައި ކޮންސްޓަރަކްޝަން މަސައްކަތްކުރުމާއި، ބޯޓްދަތުރުކުރުމާއި،ރިޒޯޓްތަކުގައި ވަޒީފާ އަދާކުރުމާއި،މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިތުރުން ސަރުކާރުގެ ވަޒީފާ އަދާކުރުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނޭކުރެންދޫގެ އަންހެނުން ޢާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ފަންގިވިނުމެވެ.

ނޭކުރެންދޫ މަދަރުސާގައި ކިޔަވައިދޭ އެންމެމަތީ ގްރޭޑަކީ ގްރޭޑް10އެކެވެ. މިހާރު ގްރޭޑް 10ށް ކިވައި ދެވުނު ނަމަވެސް މިއަމާޒަށް އާދެވިފައިވަނީ ރަށުގެ ޒުވާނުންނާއި ރައްޔިތުން އަދި މަދަރުސާގެ ބެލެނިވެރިންގެ ވަރަށް ބުރަ މިންނެތް މަސައްކަތުންނެވެ.
ނޭކުރެންދޫން ލިބެންހުރި ޞިއްޙީ ޚިދުމަތަށް ބަލާއިރު ޞިއްޙީމަރުކަޒުން ޑޮކްޓަރަކާއި ނަރުހުންގެ ޚިދުމަތް ލިބެންހުރުމުގެ އިތުރުން ކުދި ޓެސްޓް ހެދޭވަރުގެ ލެބޯޓަރީއެއްގެ ޚިދުމަތް ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ. ކަރަންޓްގެ ޚިދުމަތަށް ބަލާއިރު މިރަށުގައި 24ގަޑިއިރު ކަރަންޓްގެ ޚިދުމަތްލިބެންހުރެއެވެ.

އިތުރަށް ވިދާޅުވޭ....

ރަށުގައި ހުރި މުހިންމު އިމާރާތްތައް:

ނޭކުރެންދޫ ޞިއްޙީ މަރުކަޒު

އިތުރަށް ވިދާޅުވޭ....

  © Blogger templates by Ourblogtemplates.com --Copy right. Neykurendhoo Live 2010